މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ޢިމާރާތްކުރުމުގެ މުޢާމަލާތްތައް ކުރިޔަށް ނުގެންދެވުމާއިގުޅޭ
ހައިމަން ކޮންސްޓަކްޝަން ޕްރައިވެޓް ލިމިޓެޑް (C-346/2005) ވަނީ، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރ 2019/R-1019) ގެދަށުން 15 ފެބްރުއަރީ 2023 ން ފެށިގެން ސަސްޕެންޑް ކުރެވި ފިޔަވަޅު އަޅާފައެވެ. އެހެންކަމުން އެފަރާތަށް އަލުން ހުއްދައަށް އެދި ހުށަހެޅޭނެ އެންމެ އަވަސް ތާރީޚަކީ 15 އޭޕްރިލް 2023 އެވެ.
ވީމާ އެފަރާތަށް، މިމުއްދަތުގެތެރޭގައި މިމިނިސްޓްރީއިން ދޫކުރާ ހުއްދަ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ހުއްދަ" ބޭނުންކޮށްގެން އެއްވެސް މުޢާމަލާތެއް ނުހިންގޭނެކަމާއި، ޢިމާރާތްކުރުމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެކަން ޢާންމުކޮށްއަންގާ އިޢުލާންކުރަމެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
02 މާރިޗު 2023
ހޯދާ