ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ޤާނޫނު ނަމްބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 161 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދައި، އެ ސާމްޕަލް ދެބަޔަށް ބަހައި، ދެވަނަބައިގެ ޓެސްޓް އެ ޤާނޫނުގެ ދަށުން މި އެޖެންސީން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރާ އިދާރާއަކުން ހަދަންޖެހޭތީ، ކުޑަކަމުދާ ތަކެތީގެ ސާމްޕަލުގެ ދެވަނަ ބައިގެ ޓެސްޓް 5 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އެޖެންސީން ކުރި ނަންބަރު (IUL)434-A/1/2014/67 (10 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތައް ބައެއް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު މި ޚިދުމަތް ދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިއެވާ ތާވަލާ އެއްގޮތަށް މި އެޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދެންނެވީމެވެ.
|
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
30 ޑިސެންބަރު 2014 |
އަންގާރަ |
14:00 (މެންދުރުފަހު) |
އަންދާސީހިސާބު ހުށަހެޅުން |
4 ޖަނަވަަރީ 2015 |
އާދީއްތަ |
14:00 (މެންދުރުފަހު) |
03 ރަބީޢުލްއައްވަލް 1436