ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
(އޯ.އައި.ސީ) ނޭޝަނަލް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ޕާކިސްތާން) 2014

(އޯ.އައި.ސީ) ޕާކިސްތާނުގެ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީއިން ވަނީ އޯއައިސީ މެމްބަރު ޤައުމުތަކަށް 230 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައެވެ. މިފުރުޞަތަށް ހޮވިވަޑައިގަންނަވާ ފަރާތްތަކަށް ޚާއްޞަ ޑިސްކައުންޓް އަގުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުރިހާ ޚަރަދުތައް ކުރަންޖެހޭނީ ކެންޑިޑޭޓު އަމިއްލައަށެވެ.

  • އިންޖިނިއަރިންގ / އައިޓީ
  • ސޯސަލް / ނެޗުރަލް ސައިންސް
  • އެޕްލައިޑް ބަޔޮސައިންސަސް
  • މެނޭޖްމަންޓް ސައިންސަސް
  • އާޓިޓެކްޗަރ

ކޯހުގެ ދާއިރާ:

100 ބެޗްލަރސް ޑިގްރީ

100 މާސްޓަރސް

30 ޕީއެޗްޑީ

ކޯހުގެ ލެވެލް އަދި އަދަދު

ބެޗްލަރސް ޑިގްރީ

  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޭލެވެލް ކެމިސްޓްރީ، ފިޒިކްސް، ހިސާބު ނުވަތަ ބަޔޮލޮޖީ ހިމެނޭގޮތަށް 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިނގިރޭސި ނުވަތަ އެއާއި އެއްފެންވަރު އިމްތިޙާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. އަދި
  • މަތީގައިވާ ޝަރުޠުތަކުގެ އިތުރުން ޔުނިވަރސިޓީގެ ސައިޓްގައިވާ ކޯހާ ގުޅޭ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ.

(details available at: www.nust.edu.pk under link admission>undergraduate>international students)

މާސްޓަރސް ޑިގްރީ

  • ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.) އަދި
  • ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ޤައުމަށް ޚިދުމަތް ކުރައްވާތާ، 15 ޖަނަވަރީ 2015 ގެ ނިޔަލަށް 02 އަހަރު ފުރިހަމަވެފައިވުން. އަދި
  • މަތީގައިވާ ޝަރުޠުތަކުގެ އިތުރުން ޔުނިވަރސިޓީގެ ސައިޓްގައިވާ ކޯހާ ގުޅޭ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ.

ޕީއެޗްޑީ

  • ކޯހާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ މާސްޓަރސް ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.) އަދި
  • މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ޤައުމަށް ޚިދުމަތް ކުރައްވާތާ، 15 ޖަނަވަރީ 2015 ގެ ނިޔަލަށް 02 އަހަރު ފުރިހަމަވެފައިވުން. އަދި

މަތީގައިވާ ޝަރުޠުތަކުގެ އިތުރުން ޔުނިވަރސިޓީގެ ސައިޓްގައިވާ ކޯހާ ގުޅޭ ޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ.

ޝަރުޠު:

  • މިކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 2015 ގައެވެ.
  • މިއީ އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ) މެމްބަރު ޤައުމުތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. އެހެންކަމުން މިފުރުޞަތުތަކުގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ ފަރާތުންނެވެ.
  • ކޯހަށް އެދި ހުށަހަޅާ ތައުލީމީ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ / މާސްޓަރސް ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މިސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް (http://www.dhe.gov.mv) ގައި އިޢުލާނާއެކު ވާނެއެވެ. އަދި ޔުނިވަރސިޓީގެ ވެބްސައިޓް ww.nust.edu.pk ލިބިވަޑައިގަންނަވާނެއެވެ.
  • މި ސްކީމުގެ ދަށުން ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ކޯހަށެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ މިޑިޕާޓްމަންޓްގެ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި. އަދި

     - ހުށަހަޅާ ކޯހާ ގުޅޭ ޔުނިވަރސިޓީގެ އެޕްލިކޭޝަން ފޯމު، ތަޢުލީމީ ސެޓުފިކެޓު އަދި އެހެނިހެން ލިޔުންތަކުގެ 1 އަސްލާއި 2 ކޮޕީސެޓު ހުށަހަޅަންވާނެއެވެ.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓެޑް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅުއްވާ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށްވާން ޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު. (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
  • ތަޢުލީމު ހާސިލުކުރި މަރުކަޒަކުން ހޯދާފައިވާ ކެރެކްޓަރ ސެޓުފިކެޓު.
  • އެންމެފަހުން ނިންމި ޑިގްރީ ނިންމައި ޤައުމަށް ޚިދުމަތްކުރާތާ 15 ޖަނަވަރީ 2015 އަށް 2 އަހަރުވެފައިވާ ކަމުގެ ލިޔުމެއް. (ވަޒީފާ އަދާކުރާ ތަނުން ނުވަތަ ވަޒީފާ ކޮށްފައިވާ ތަނަކުން. މިގޮތަށް ގެނެވޭ ލިޔުންތަކުގައި ވަޒީފާ އަދާކުރަން ފެށި ތާރީޚު އަދި ނިމުނުނަމަ އެތާރީޚެއް އޮންނަންވާނެއެވެ.)
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު ދޫކުރާނެކަމުގެ ލިޔުން.
  • ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 15 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މިޑިޕާޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8.30 އިން މެންދުރުފަހުގެ 14:30 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް 3341380 އާ ގުޅުއްވުން އެދެމެވެ.

22 ޑިސެންބަރު 2014
ހޯދާ