ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 ގައި ޕީ.އެސް.އެމް ގެ ނިއުސް ޓީމާ ގުޅިގެން ފްރީލާންސްގޮތުގައި މަސައްކަތްކުރާނެ ސްޓްރިންގަރސް (މޮނީޓަރުން) ހޯދުމަށް.

ރިޔާސީ އިންތިޚާބު 2023 ގައި ޕީ.އެސް.އެމްގެ ނިއުސް ޓީމާ ގުޅިގެން ފްރީލާންސްގޮތުގައި މަސައްކަތްކުރާނެ ސްޓްރިންގަރސް (މޮނީޓަރުން) ހޯދުމަށް.                                      

މަޤާމް:

ސްޓްރިންގަރ (މޮނީޓަރުން)

މަސައްކަތުގެ އަގު:

އިންތިޚާބީ ދުވަހަކަށް -/500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

މާލެ އާއި އަތޮޅުތަކުގައި ބެހެއްޓޭ ވޯޓު ފޮށިތައް ހުންނަ ސަރަހައްދު

ފެންވަރު ނުވަތަ ޝަރުތު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާން ހަދާފައިވުން، ނުވަތަ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން:
  • މީލާދީގޮތުން 18 އަހަރު ފުރިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

ޕީއެސްއެމްގެ އެޑިޓޯރިއަލް ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޚާބު އޮންނަ ދުވަހު ތިރީގައިވާ ކަންކަމަށް ބޭނުންވާނޭ މައުލޫމާތާއި، ވީޑިއޯ އަދި ފޮޓޯތައް ވަގުތުން ވަގުތަށް ޕީއެސްއެމްއިން އަންގާގޮތަކަށް ފޮނުވުން؛

  • ވޯޓްލާ މަރުކަޒުތަކުގައި ހިނގާ ހަރަކާތްތައް؛
  • ވޯޓްގެ ނަތީޖާ؛
  • ވޯޓާގުޅޭ ޚަބަރާއި ރިޕޯޓަށް ބޭނުންވާ އެހެނިހެން މެޓީރިއަލްސްތައް.

ނޯޓް: މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަތުގައި ސްމާޓް ފޯނުފަދަ ޑިވައިސްއެއް އޮންނަންވާނެއެވެ.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

  • ވޯޓުފޮށި ބެހެއްޓޭ ރަށަކަށް ނިސްބަތްވާ ނުވަތަ ދިރިއުޅޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް؛
  • ޕާސްޕޯރޓް ސައިޒްގެ ފޮޓޯ (3 މަސްނުވާ).

ސުންގަޑި

މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން 31 މާރޗް 2023 ވަނަ ދުވަހުގެރޭ ދަންވަރު 12:00 ގެ ކުރިން https://forms.gle/DqtGC7xN4bkohNTG7 ލިންކް ނުވަތަ ކިޔު.އާރ ކޯޑުގައިވާ ގޫގުލް ފޯމް ފުރިހަމަކޮށް ހުށަހަޅަންޖެހޭ ތަކެއްޗާއެކު އެޓޭޗްކުރުމަށްފަހު ފޯމް ހުށަހެޅުންވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000444 ނުވަތަ 1661 އަށް ގުޅުއްވުން އެދެމެވެ.

                           09 ޝައުބާން 1444

01 މާރިޗު 2023
ހޯދާ