މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމެޓީ ގެ މެމްބަރުންގެ ދަފްތަރު

 

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ މެޖިސްޓްރޭޓް ކޯޓް

ބ. ކެންދޫ

   ދިވެހިރާއްޖެ.

 

 

                                                                   ނަމްބަރ:F3C-A/2023/06

 އިޢުލާން

 

އަގު ކޮމެޓީ ގެ މެމްބަރުންގެ ދަފްތަރު

ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން މިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.

 

މަޤާމް:

އަގުކޮމެޓީގެ މެންބަރު (3 އަހަރު ދުވަހުގެ މުއްދަތަށް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓް

ތަޢުލީމާއި ތަޖުރިބާ:

  1. ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  1. 1.      މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް (މި ފޯމް، ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. މަސައްކަތު ތަޖުރިބާގެ ލިޔުން.
  5. މެންބަރު ކަމަށް އެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މެންބަރުކަމަށް އެދޭ ފަރާތްތަކުން 09 މާރޗް 2023  ވަނަ ދުވަހުގެ 13:00 ގެ ކުރިން އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6600163 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

                             09 ޝަޢުބާން  1444

                             01  މާރޗް  2023  

                                                                 

01 މާރިޗު 2023
ހޯދާ