މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެރީދޯނި ކުއްޔަށް ހިފުމާބެހޭ

މިކުންފުނިން ހިންގާ ހުވަދޫ ފެރީ ނިޒާމުގައި ބޭނުންކުރުމަށް 2 ދޯނި އަމިއްލަ ފަޅުވެރިންނާއެކު 1 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ހިފާ ދޯނި ކުއްޔަށް ހިފުމަށް ހަމަޖެހިފައިވަނީ ދޯނީގެ ސަލާމަތީ ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ ކެޕޭސިޓީއަށް ކޮންމެ ޝީޓަކަށް މަހަކު -/580 (ފައްސަތޭކަ އަށްޑިހަ) ރުފިޔާގެ ރޭޓުންނެވެ. ކުއްޔަށް ދިނުމަށް ހުށަހަޅާ ދޯނީގައި މަދުވެގެން 75 މީހުންގެ ޖާގަ ހުންނަންވާނެއެވެ. އަދި އެ ދޯނިތަކަކީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ މުއްދަތު ހަމަނުވާ ސަލާމަތީ ސެޓުފިކެޓެއް އޮންނަންވާނެއެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ އުސޫލުގެމަތިން ފެރީ ދޯނި ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން 29 ޑިސެންބަރު 2014 (ހޯމަ) ދުވަހުގެ 15:00 ގެ ކުރިން މިފްކޯގެ ހެޑްއޮފީހަށް ނުވަތަ މިކުންފުނީގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 9992125 މިނަންބަރަށް ގުޅުއްވުން އެދެމެވެ.

21 ޑިސެންބަރު 2014
ހޯދާ