އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކައުންސެލް ޖެނެރަލް

އިޢުލާން

މަޤާމް:

ކައުންސެލް ޖެނެރަލް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ލީގަލް ސަރވިސަސް ޑިރެކްޓަރސް (ސީ.އެސް 18)

ބޭނުންވާ އަދަދު:

1

މުސާރަ:

22,810 ރުފިޔާ (ބާވީސްހާސް އަށްސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

6,750 ރުފިޔާ (ހަހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ)

ސްޕެޝަލް ޑިއުޓީ އެލަވަންސް

 އަސާސީ މުސާރައިގެ 35%

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް / ލީގަލް ޑިވިޜަން، މާލެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދައުލަތް ތަމްސީލްކުރުމާއި، ސިވިލް ލިޓިގޭޝަން މައްސަލަތަކުގައި އޮފީހުގެ ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންނާ މަސައްކަތްތައް ހަވާލުކޮށް ބެލެހެއްޓުން.
  • ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ދޭންޖެހޭ ލަފާދިނުމުގައި އެޓަރނީ ޖެނެރަލަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ލީގަލް އޮޕީނިއަންގެ މަސައްކަތްތަކާ ގުޅިގެން އޮފީހުގެ ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންނާ މަސައްކަތްތައް ހަވާލުކޮށް ބެލެހެއްޓުން.
  • ސަރުކާރުގެ އިދާރާތަކުން އެކުލަވައިލަން ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީތައް އެކުލަވައިލުވުމާއި އެ ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި އެޓަރނީ ޖެނެރަލަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން.
  • ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތަކާއި އުވައިލަން ބޭނުންވާ ޤާނޫނުތަކާއި އިޞްލާޙު ގެންނަންޖެހޭ ޤާނޫނުތައް އިޞްލާޙުކުރުމަށް އެޓަރނީ ޖެނެރަލަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ލެޖިސްލޭޓިވް މަސައްކަތްތަކާ ގުޅިގެން އޮފީހުގެ ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންނާ މަސައްކަތްތައް ހަވާލުކޮށް ބެލެހެއްޓުން.
  • ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގައި އެޓަރނީ ޖެނެރަލަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން.
  • އެޓަރނީ ޖެނެރަލްގެ އޮފީހުން އަދާކުރަން ހަމަޖެހިފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި، ޤާނޫނު އަސާސީންނާއި ޤާނޫނުން އެޓަރނީ ޖެނެރަލް އަދާކުރުމަށް ކަނޑައަޅާފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އެޓަރނީ ޖެނެރަލް އަދާކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އޮފީހުގެ ލީގަލް ޑިވިޜަންގެ މަސައްކަތްތަށް ރާވައި ހިންގުން.

މަޤާމުގެ ޝަރުޠުތައް:

 

 

1- ޤާނޫނީ ރޮނގުން ނުވަތަ ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 އަދި ލެވެލް 9 ނުވަތަ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ލީގަލް ދާއިރާގެ އޮނިގަނޑުގެ ސީއެސް 16 ގްރޭޑް ނުވަތަ އެއަށްވުރެ މަތީ މަޤާމެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 3 އަހަރު ދުވަހު %95 އިން މަތިން މާކްސް ހޯދާފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން:

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

އިންޓަވިއުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމާއި، އިންޓަވިއުކުރުމަށް ކަނޑައަޅާފައިވާ މުއްދަތާއި ތަން:

މި މަޤާމަށް ކުރިމަތިލާ، ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން ހުށަހެޅުން، 2015 ޖަނަވަރީމަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޕްރެޒެންޓޭޝަންގައި ބެލެވޭނެ މައިގަނޑު ކަންކަން މި އޮފީހުގެ ވެބްސައިޓް www.agoffice.gov.mvއިން ލިބޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން 2014 ޑިސެންބަރު 29 ވާ ހޯމަދުވަހުގެ 14:30 ގެ ކުރިން،   ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު، އަންނަނިވި ލިޔެކިޔުންތަކާއެކު މިއޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  މި އޮފީހުގެ ވެބްސައިޓް www.agoffice.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

  1. ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ.
  2. އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
  3. ބެޗެލަރސް ޑިގްރީގެ ޓްރާންސްކްރިޕްޓް ނުވަތަ ނަތީޖާ ކަރުދާހުގެ ފޮޓޯ ކޮޕީ.
  4. ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ (ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު)
  5. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ  ލިޔުންތަކުގެ ކޮޕީ.
  7. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯކޮޕީ.
  8. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  9. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަން އެނގޭނެ އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
  10. ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއާއި، މި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައިގެން އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

ނޯޓް:

މި މަޤާމަށް ޝަރުތު ފުރިހަމަވާ މީހުން ނުލިބިއްޖެނަމަ، ކޮންޓްރެކްޓް އުސޫލުންވެސް މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުމުން، ބޭނުންވާ މަޢުލޫމާތު ލިބޭނެއެވެ.

                          26 ޞަފަރު 1436 

18 ޑިސެންބަރު 2014
ހޯދާ