ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާގެ ލޯގޯ އާއި ދިދަ ފަރުމާކުރުމުގެ މުބާރާތް
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލްގެ ލޯގޯ އާއި ދިދަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ހުށަހެޅުންތަކުގެތެރެއިން މިއިދާރާއިން ކަނޑައަޅާ ޝަރުތުތައް ހަމަވާ އަދި އެންމެ ރަގަޅުކަމަށް މިއިދާރާއިން ކަނޑައަޅާ ލޯގޯ އާއި ދިދަ ފަރުމާ ކުރެއްވި ފަރާތަކަށް
10،000.00 (ދިހަހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ލޯގޯ ފަރުމާކޮށް ހުށަހަޅާނީ 21 މާރޗް 2023ވާ (އަންގަރާ) ދުވަހުގެ 13:00ގެ ކުރިން މިއިދާރާގެ [email protected] އަށް އީ.މެއިލް އަށެވެ.
މިމުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 9960463 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
01 މާރިޗު 2023
ހޯދާ