މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ.ކިނޮޅަހު މަސްޖިދުލް ހުދާ ކައުންސިލުންދެއްވާ މަޢުލޫމާތާއި އެއްގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިރަށު މަސްޖިދުލް ހުދާ ކައުންސިލުންދެއްވާ މަޢުލޫމާތާއި އެއްގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
- މަޢުލޫމާތު ދިނުމުގެ ސެޝަން: 5 މާރިޗް 2023 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މަސްޖިދުލް ހުދާގައެވެ.
- އަންދާސީ ހިސާބު ހުށަހެޅުން: 8 މާރިޗް 2023 ވާ ބުދަ ދުވަހު 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ ޖަލްސާ ކުރާ މާލަމުގައެވެ.
- މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ. އަދި މިކަމަށް ބިޑްކުރެވޭނީ މަޢުލޫމާތު ސެޝަނަށް ހާޟިރުވާ ފަރާތްތަކަށް އެކަންޔަށެވެ.
- މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި މަސްޖިދުލް ހުދާ މަރާމާތު 2023 ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.
އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.
01 މާރިޗު 2023
ހޯދާ