ދިވެހިރާއްޖެ
(IUL)321/321/2023/55:ނަންބަރު
އިޢުލާނު
އެގްޒަމިނަރުން ހޯދުން
މިރަށުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ، އެހެން ވަޒީފާއެއް އަދާކުރަމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
އަންހެން އެގްޒަމިނަރުން
- ބޭނުންވާ ޢަދަދު: 02
- ޝަރުޠު:-
* ދަށްވެގެން A0, A1 ގިންތީގެ ލައިސަންސް އޮތުން
* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން
* ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯރމް
* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 03 (ތިނެއް) އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން
* ޢުމުރުން 55 އަހަރުވެފައިވާ މީހަކުކަމުގައި ނުވުން
* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން
* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތް ކޮށްފައި ނުވުން
ފިރިހެން އެގްޒަމިނަރުން
- ބޭނުންވާ ޢަދަދު: 02
- ޝަރުޠު:-
* A0, A1, B1, B2, C1, C2, C3, C4 މިއިން ގިންތިއެއްގެ ނުވަތަ ގިންތިތަކުގެ ލައިސަންސް އޮތުން
* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން
* އެގްޒެމިން ކުރާ ގިންތީގެ ލައިސަންސް ލިބިފައިވާތާ މަދުވެގެން 1 އަހަރުވުން
* ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯރމް
* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން
* ޢުމުރުން 55 އަހަރުވެފައިވާ މީހަކުކަމުގައި ނުވުމާއި ރަގަޅު ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން
* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން
* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެތެރޭގައި ޑްރައިވިންގ ސްކޫލެއއްގައި މަސައްކަތް ކޮށްފައި ނުވުން
- އުޖޫރަ: ޓެސްޓް ކުރާ ކޮންމެ A0, A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ
އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ
އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 މާރިޗު 12 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅާ ފަރާތުގެ ވަނަވަރާއެކު އެގްޒަމިނަރުކަމަށް ކުރިމަތިލާން އެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެގްޒެމިނަރުކަމަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމް މި ޢިޢުލާން އާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
09 ޝަޢުބާން 1444