ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 1 / ސީނިއަރ އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ނަންބަރު
|
251048
|
ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
އެޑްމިނިސްޓްރޭޓިވް ޔުނިޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/5610ރ
ސަރވިސް އެލަވަންސް: -/2000 ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީއަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަނެ އެންޓްރީ ކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވޭތޯ ބެލުމާއި އެކަންކަމުގައި އެހީތެރިވެދިނުމާއެކު، އެ މަސައްކަތްތައް އިސްވެ ރާވައި ހިންގުން. އަދި އީ ގަވަރމެންޓް ނިޒާމުގެ ތެރެއިން އަންނަ ސިޓީ ފަދަ ތަކެއްޗާ ގުޅިގެން އެޑްމިންއަށް އަންނަ މައްސަލަތައް ބަލައި ހައްލުކުރުން.
- ސެކްޝަންގެ އީމެއިލް ޗެކުކުރުމާއި، ޖަވާބުދޭންޖެހޭ މެއިލްތަކަށް ސެކްޝަންގެ ވެރިއަކާ މަޝްވަރާކޮށް ޖަވާބުދިނުން.
- ސެކްޝަންތަކުން ގުދަނަށް ގެންދެވޭ ފައިލްތަކުގެ ރިކޯޑިންގއެއް ބަލަހައްޓާ ދުވަސްވީ، ނައްތާލަންޖެހޭ ލިޔެކިއުން އަދި ފައިލްތައް ފާހަގަކޮށް ނައްތާލުމަށް ކަމާބެހޭ މުވައްޒަފުންނަށް ހަވާލުކުރުން.
- އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ކުރުވައި ބެލެހެއްޓުން.
- އޮފީހުގެ ތަޅުދަނޑިތައް ރައްކާކޮށް ފޮށީގައި ހުންނަ ތަޅުދަނޑިތަކުގެ ރިކޯޑު ބަލަހައްޓައި އޮފީހުގައި އަޅުވައި އަދި ނަގާ ތަޅުދަނޑިތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ސެކްޝަނުގެ ދުވަހު މަސައްކަތުގެ ލޮގް ޝީޓް ދުވަހުން ދުވަހަށް ފުރިހަމަކޮށް ޑިޕާޓްމަންޓުގެ ހެޑަށް ނުވަތަ ޕާރމަނަންޓް ސެކްރެޓަރީއަށް ފެންނާނެހެން ބެހެއްޓުން.
- އޮފީހުގައި ގެންގުޅޭ ފޮތްތަކުގެ ފިހުރިސްތު ބެލެހެއްޓުން.
- މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތަކުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް ސެކްޝަންގެ ވެރިޔާއަށް އެހީތެރިވެދިނުން.
- ސެކްޝަންގެ ވެރިއަކު އަންގަވާ އޮފީހުގެ މަސައްކަތް ކުރުމާއި މިނޫނަސް އޮފީހުން ރާވައި އަދި ހިންގާ އެންމެހާ ކަންތައްތަކުގައި ބައިވެރިވެ އެކަންތައްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗްއާރް ސެކްޝަންގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 08 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަރވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 2015 ޖަނަވަރީ މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ http://www.housing.gov.mv/v1/file-download/ )
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ސީވީ).
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
02 ރަބީޢުއްއައްވަލް 1436
|