ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މުބާރާތްތަކުގައި ބިދޭސީ ކުޅުންތެރިން ރަޖިސްޓަރީކުރުން

މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކުގައި، މީގެ ކުރިން، ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ގިނަވެގެން ޓީމެއްގައި ރަޖިސްޓަރީކޮށް އަދި އެއްވަގުތެއްގައި ކުޅެވެނީ، ބިދޭސީ 03 ކުޅުންތެރިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް، 21 ޑިސެންބަރު 2014 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ 04 ވަނަ ބައްދަލުވުމުގައި، ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ގިނަވެގެން ޓީމެއްގައި 04 ބިދޭސީ ކުޅުންތެރިން ރަޖިސްޓަރީ ކުރެވޭނެ ކަމަށާއި، އެ 04 ކުޅުންތެރިންގެ ތެރެއިން 01 ކުޅުންތެރިއަކީ އޭޝިޔާގެ ޤައުމަކަށް ނިސްބަތްވާ ކުޅުންތެރިއަކަށް ވާންޖެހޭނެ ކަމަށް ކަނޑައަޅައި، އެއްވަގުތެއްގައި 04 ކުޅުންތެރިންނަށް ( އޭޝިޔާގެ ކުޅުންތެރިއަކު ހިމެނޭގޮތަށް ) ކުޅެވޭނެކަމަށް ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ. މިނިންމުން ނިންމަވާފައިވަނީ ޓެކްނިކަލް ކޮމިޓީން ނޯމަލައިޒޭޝަން ކޮމިޓީއަށް ދެއްވި ލަފާގެ މަތިންނެވެ.

ވީމާ، 2015 ވަނަ އަހަރުން ފެށިގެން މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކުގައި، ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގައި، އޭޝިޔާގެ ޤައުމަކަށް ނިސްބަތްވާ 01 ކުޅުންތެރިއަކު ހިމެނޭ ގޮތަށް، ޖުމްލަ 04 ބިދޭސީ ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ދެވޭނެއެވެ. އަދި، އޭޝިޔާގެ ޤައުމަކަށް ނިސްބަތްވާ 01 ކުޅުންތެރިއަކު ހިމެނޭ ގޮތަށް، އެއްވަގުތެއްގައި ބިދޭސީ 04 ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ވެސް ދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

22 ޑިސެންބަރު 2014
ހޯދާ