ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކުން މަގުމަތީގައިއާ، ދުވާރުމަތީ މިހާރަކަށް އައިސް ހިގާމީހުންނަށް އުދަގޫވާ ގޮތަށް ތަކެއްޗާ ސާމާނުތައް ބަހައްޓާފައިވާތީ އެކަންކަން އިސްލާހުކުރަން އެންގުން

އިޢުލާން

މި އިދާރާއިން އަމަލުކުރަމުންދާ ގަވާއިދު ނަންބަރ 2014/R-197 "ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭގަވާއިދު" އާ ޚިލާފަށް ގދ. ތިނަދޫގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކުން މަގުމަތީގައިއާ، ދުވާރުމަތީ މިހާރަކަށް އައިސް ހިގާމީހުންނަށް އުދަގޫވާ ގޮތަށް ތަކެއްޗާ ސާމާނުތައް ބަހައްޓާފައިވާތީ އެކަންކަން އިސްލާހުކުރަން އަންގަމެވެ.

 އަދި، 28 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަސް ތެރޭގައި އެގޮތަށް ބަހައްޓާފައިވާ ތަކެއްޗާ ސާމާނުތައް ނަގައި އޭގެ ވެރިފަރާތުގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ނުގެންދާނަމަ ނުވަތަ އެފަދަ ތަކެއްޗާ ސާމާނުތައް ނުނަގައިފި ނަމަ މަތީގައި ހަވާލާދީފައިވާ ގަވާއިދުގައި ވާ ގޮތަށް އެފަދަ ފަރާތްތަކާމެދު އަމަލުކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

28 ފެބުރުވަރީ 2023
ހޯދާ