މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިލެތްފަހި ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ބިލެތްފަހި ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކުރުމާއިގުޅޭ

 

                            މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރު ސަރަހައްދުގައި ބަހައްޓައި  ބިލެތްފަހި ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މޮނިއުމެންޓު ފަރުމާކޮށްދިނުމަށް އެދި ހުށައަޅުއްވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައަޅުއްވާ ފަރާތަކަށް -/5000ރ ފައިސާގެ އިނާމެއް ދޭގޮތަށްވެސް ކައުންސިލުން ވަނީ ނިންމަވާފައެވެ.

                            ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 14 މާރިޗު 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މޮނިއުމެންޓުގެ ޑިޒައިންގެ ސޮފްޓް ކޮޕީ މެއިލް ކުރައްވާނީ މިއިދާރާގެ [email protected] މެއިލްއަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 7422223 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                                                                                                          08 ޝައުބާން 1444                                  

28 ފެބުރުވަރީ 2023

28 ފެބުރުވަރީ 2023
ހޯދާ