މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ އެކިއެކި ބޭނުންތަކަށް ބިން ބޭނުންކުރައްވާ ފަރާތްތަކުގެ ސަމާލުކަމަށް.

 

 

މިހާރަކަށް އައިސް ފަތްކެޔޮ އަދި ދަނޑުހައްދާ ފަރާތްތަކުން ދަނޑުހެއްދުމަށާއި އިތުރު ބޭނުންތަކަށް ވަލުގެ އެކި ސަރަޙައްދުތަކުން ގިނަ އަދަދެއްގެ ރުއްގަހަށް ގެއްލުންދޭކަމުގެ ސަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. ރަށުގެ ތިމާވެއްޓަށް ގެއްލުންވާ މިބާވަތު ކަންކަމަކީ މަނާ ކަމަކަށްވާތީ، މިކަން ނުކުރުމަށް ކުރިންވެސް މިއިދާރާއިން ވަނީ ނަސޭޙަތްތެރިވެފައެވެ. އަދި މިއަމަލު ތަކުރާރުކުރާ ފަރާތްތަކާމެދު ތިމާވެށި ރައްކާތެރިކުމުގެ ގާނޫނޫގެ ދަށުން އެޅެން ހުރި ފިޔަވަޅު އަޅާނެވާހަކަ ދަންނަވަމެވެ.

މީގެ އިތުރުން، ދަނޑުވެރިކަން ކުރަމުންދާ ބިންތައް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން ގެންދާތީއާއި މިރަށުގެ ފާސްކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ބިންތައް ކަނޑައަޅާފައިވާތީ، މިއަދުންފެށިގެން އަލަށް ދަނޑުކޮށުމުގެ މަސައްކަތް ހުއްޓާލުމަށް އަންގަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

09 ޝަޢުބާން 1444

28 ފެބްރުއަރީ 2023

28 ފެބުރުވަރީ 2023
ހޯދާ