ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ހދ.ނައިވާދޫއިން ބަންޑާރަ ގޯތި ދޫކުރުން

ދިރިއުޅުމަށް ޓަކައި ހދ. ނައިވާދޫ އިން ބަންޑާރަ ގޯތި ދޫކުރުން

      ހދ.ނައިވާދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް، ކައުންސިލުން ހަދާފައިވާ އުސޫލާއި އެއްގޮތަށް ލޭންޑްޔޫސް ޕްލޭން ފާސްވުމާއެކު ގޯތި ދޫކުރެވޭވަރަށް މިކައުންސިލުން މިދަނީ ތައްޔާރު ވަމުންނެވެ. މިގޮތުން މިހާރު ގޯތި ދޫކުރަމުންދާ ސަރަހައްދުން ފެށިގެން ދަނޑުބިމާ ހަމައަށް ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކުން ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަޠު ޢާއްމުކޮށް ހުޅުވާލަމެވެ. މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2048 އަކަފޫޓްގެ (ދިގު 64 ފޫޓް، ފުޅާ 32 ފޫޓް) ގޯއްޗެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ފޯމް ދޫކުރުން

ފޯމް ދޫކުރާނީ 28 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިގެން 30 މާރޗް 2023 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވިފަ ހުންނަ ގަޑިތަކުގައެވެ. މިމުއްދަތުގައި މިއިދާރާގެ ކައުންޓަރުން ފޯމް ލިބެން ހުންނާނެއެވެ. އަދި ސަރުކާރުގެ ގެޒެޓުން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމް ބަލައިގަތުން

ފޯމް ބަލައިގަތުން އޮންނާނީ 01 މާރޗް 2023 ވަނަ ދުވަހުން ފެށިގެން 06 އޭޕްރީލް 2023 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ. މިއިޢުލާނާއެކު ތިރީގައިވާ މަޢުލޫމާތު ހިމެނޭ ކަރުދާސް ހިމެނިފައިވާނެއެވެ.

  • ހދ. ނައިވާދޫއިން ދިރިއުޅުމަށް ގޯތި ދޫކުރާނެ ގޮތުގެ އުޞޫލް
  • ގޯއްޗަށް އެދި ހުށަހަޅާ ފޯމް
  • ގޯތި ދޫކުރާ ސަރަހައްދު އެނގޭނެ ރަށުގެ ޗާޓް
27 ފެބުރުވަރީ 2023
ހޯދާ