ދިވެހިރާއްޖެ
ރަމަޟާން މަހަށް ޙާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއިއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީކައުންސިލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ގާއިމްކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން 50 ދުވަހުގެ މުއްދަތަށެވެ.
ވީމާ، ހުޅުމާލޭގައި ރަމަޟާން މަހަށް ޙާއްސަކޮށްގެން ގާއިމުކުރާ ވަގުތީ މާރުކޭޓު ތަކުން ގޮޅި ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން ހުޅުމާލޭ އަމީން އެވެނިއު މޭޕްލް ބިލްޑިންގ ގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި ކައުންސިލްގެ ހުޅުމާލޭ ސެކްޝަނުން ގޮޅިއަށް އެދޭ ފޯރމް ނަންގަވައި ފުރުއްވުމަށް ފަހުގައި 11 މާރިޗު 2023 (ހޮނިހިރު) ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލޭ އަމީންއެވެނިއު މޭޕްލް ބިލްޑިންގގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި ކައުންސިލްގެ ހުޅުމާލޭ ސެކްޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ހުޅުމާލެ ސެކްޝަން ، އަމީންއެވެނިއު މޭޕްލް ބިލްޑިންގ (1 ވަނަ ފަންގިފިލާ) ފޯން: 3350062