ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- 2023 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު (ނަމްބަރ: GS97/IUL/2023/003) އާއި ގުޅިގެން ހުށައަޅާފައިވާ ބީލަމުގައިވާ އަގަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެއް ކަމުގައިވާތީ، އެ ބީލަން ބާޠިލްކޮށް އަލުން ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
2.2- ބީލަން ޙަވާލު ކުރުމުގައި އިސްކަން ދޭނެ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
- މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ބީލަމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުމާއި ޕޮއިންޓް ލިބޭ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2023 މާރޗް 07 ވާ އަންގާރަ ދުވަހުގެ 13:00 ގައި މަކުނުދޫ ސްކޫލް މީޓިންގ ރޫމުގައެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ސިޓީއާއި އަންނަ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަކުނުދޫ ސްކޫލް، ހދ މަކުނުދޫ، ދިވެހިރާއްޖެ، ފޯން: 6520529 ، އީ-މެއިލް: [email protected]
07 ޝަޢުބާން 1444
27 ފެބްރުއަރީ 2023