މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު

 (IUL)337/337/2023/26 ނަންބަރ

އިޢުލާން

 

ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ވ)، (ހކ) އާއި 23 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރާއި، 138 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެ ޤާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން، ޤާނޫނު ނަންބަރު 2002/01 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގަވާއިދާއި، ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ ގަވާއިދާއި އަދި ކ. މާފުށީގެ ލޭންޑްޔޫސް ޕްލޭން އާއި އެއްގޮތްވާގޮތުގެ މަތިން، މާލެއަތޮޅު މާފުށީ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި މާފުށީގެ އަލަށް ހިއްކި ބިމުން ގޯތި ދޫކުރުމަށް ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ    "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" ވަނީ 26 ފެބްރުވަރީ 2023 ވަނަ ދުވަހުގެ ބޭއްވުނު މި ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 08 ވަނަ އާންމު ޖަލްސާއިން ފާސްކޮށްފައެވެ.   

އެގޮތުން މާލެއަތޮޅު މާފުށީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅުތެރެއިން މާފުށީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިއްކާފައިވާ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި ބިން ދޫކުރުމަށް އެކަށައަޅާފައިވާ ސަރަހައްދުން ދިރިއުޅުމަށް އިމާރާތްކޮށް ގެދޮރުއެޅުމަށް، އިންސާފުވެރި ކަމާއިއެކު ޙައްޤުތައް ކަށަވަރު ކުރުމާއެކު ދެފުށްފެންނަ ގޮތެއްގެ މަތިން ބަންޑާރަ ގޯތި ދޫކުރުމާއި އަދި މާފުށީ ރައްވެހިންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ތަނަވަސްކަން ކަށަވަރު ކުރުމަށްޓަކައި "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އާންމުކޮށް، އުސޫލަށް ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

 ވީމާ، އުސޫލާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ "ކ. މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމު"ފުރުއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 08 މާރިޗު 2023 ވާ ބުދަ ދުވަހުގެ 12:00 އެވެ. ފޯމު ހުށަހަޅާނީ ރަސްމީ ގަޑީގައި މިއިދާރާގެ ރިސެޕްޝަންއަށް ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

  މީގެ އިތުރުން ރަސްމީ ގަޑިތަކުގައި ކައުންސިލްގެ ރިސެޕްޝަނުންވެސް ފޯމް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6640073 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

26 ފެބްރުވަރީ 2023

26 ފެބުރުވަރީ 2023
ހޯދާ