މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއްޖެ

   މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ތިރީގައިވާ މަސައްކަތްތައް ކުރުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

މަސައްކަތްތައް:

  • އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއިގުޅޭ ރިސަރޗް ހަދައި ޕްލޭންކުރުން
  • ބިޒްނަސް ޕްލޭން ހެދުން
  • ޑިޖިޓަލައިޒް ކުރުން
  • ކުންފުނި އުފެއްދުން
  • އިދާރާއިން މިހާރު ފޯރުކޮށްދެމުންގެންދާ ހިދުމަތްތައް އިތުރު ހަރުފަތަކަށް ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި އެމަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން 

ބޭނުންވާ އަދަދު : 01 (އެކެއް)

މަސައްކަތުގައި ރަޖިސްޓްރީކުރުމާއި އަގު ހުށަހެޅުން

  • ރަޖިސްޓްރީކުރުމުގެ ސުންގަޑި: 07 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން
  • މި މުއްދަތުގައި ރަޖިސްޓްރީނުކުރައްވާ ފަރާތްތަކަށް މި މަސައްކަތުގައި ބައިވެރި ނުވެވޭނެއެވެ.
  • ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް ޓާރމްސް އޮފް ރިފަރެންސް މެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.
  • އަގު ހުށަހެޅުން: 19 މާރޗް 2023 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގައި
  • ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ޕްރޮޕޯސަލެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
26 ފެބުރުވަރީ 2023
ހޯދާ