ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު:198A/2014/77 |
||
ތާރީޚު: 22 ޑިސެންބަރު 2014 |
|||
މަޤާމު |
އެސިސްޓެންޓް ޑިރެކްޓަރ |
ރޭންކް: އެމް.އެސް 3 |
|
ޢަދަދު |
1 |
||
މަސައްކަތްކުރަންޖެހޭ ތަން |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
||
އަސާސީ މުސާރަ |
މަހަކު -/7،035 ރުފިޔާ |
||
އެލަވަންސް |
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50 - ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ. - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު
|
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު،MS 2 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މައިގަނޑު މަސައްކަތްތައް |
1- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ވަޒީފާތަކާ ގުޅޭ އެންމެހައި މަސައްކަތް ހިންގައި ބެލެހެއްޓުން. 2- ވަޒީފާއާއި، ޗުއްޓީއާއި، ސަލާމާއި، މުވައްޒަފުންނަށް އިޞްލާޙީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 3- ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ މަސައްކަތްތައް ވަޒަންކޮށް، ކޯޓުތަކާއި އިދާރާތަކާ މަޝްވަރާކޮށްގެން، ކޮންމެ ތަނަކަށް ވަޒީފާގެ ވަކި އޮނިގަނޑެއް އެކުލަވައިލުން. 4- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަމުގައި ހުށަހެޅޭ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 5- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އިޖްރާޢަތު ހެދުމާއި، އެފަދަ އިޖްރާޢަތުތަކަށް މުވައްޒަފުން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުން. 6- ޝަރު ޢީދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ބޭނުންވާ ފޯމްތައް ފުރިހަމަކުރުމާއި، މުސާރައިގެ ސްޓެޕް ދޭންޖެހޭ މުވައްޒަފުންނަށް ސްޓެޕްދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކުރުވުމާއި، ކަނޑައެޅިފައިވާ ވަރަށްވުރެ ދަށުން މާކްސް ލިބޭ މުވައްޒަފުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 7- ޝަރު ޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން. 8- ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މުސާރައާގުޅޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 9- ހިއުމަން ރިސޯސް ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި، ހިއުމަން ރިސޯސް ކޮމިޓީގެ ޔައުމިއްޔާ ލިޔުން. |
||
ހުށަހަޅަންޖެހޭ ތަކެތި
|
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
||
ސުންގަޑި |
2015 ޖަނަވަރީ 5 ވާ ހޯމަ ދުވަހުގެ 15:00 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު |
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. |