ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު:198A/2014/79 |
||
ތާރީޚު: 22 ޑިސެންބަރު 2014 |
|||
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ރޭންކް: ޖީ.އެސް 3 |
|
ޢަދަދު |
1 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (މާލެ) |
||
އަސާސީ މުސާރަ |
މަހަކު -/4،465 ރުފިޔާ |
||
މި މަޤާމަށް ލިބޭ އެލަވަންސް |
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50 - ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މައިގަނޑު މަސައްކަތް |
1- ސެކްޝަނުގެ އެންޓްރީ ބަލަހައްޓައި، ލިބޭ ސިޓީއާއި މެމޯފަދަ ތަކެއްޗަށް ފިޔަވަޅު އެޅުމާއި، ސެކްޝަނުގެ ދުވަހު ޔައުމިއްޔާ ލިޔުން. 2- ޓްރޭނިންގ ސެކްޝަންގެ މަސައްކަތާ ގުޅޭގޮތުން އަހަރު ރިޕޯޓަށް ދޭންޖެހޭ މަޢުލޫމާތު ދިނުން. 3- ޓްރޭނިންގ ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން އެކްޓިވިޓީ ކަލަންޑަރުގައި ކަނޑައެޅިފައިވާ ޑެޑްލައިންތަކަށް ފިޔަވަޅުއަޅައި ނިންމުން. 4- ފަނޑިޔާރުންނަށާއި މެޖިސްޓްރޭޓުންނަށް ބޭނުންވާ ތަމްރީނުތައް ހިމެނޭ ޓްރެއިނިންގ ކަލަންޑަރު ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުތަކުގައި ޓްރޭނިންގތައް، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ހިންގުން. 5- ފަނޑިޔާރުންނާއި، ޤާޟީންނަށާއި މެޖިސްޓްރޭޓުންނަށް ހިންގާ އެންމެހައި ތަމްރީން ޕްރޮގްރާމުގެ ރެކޯޑް ބެލެހެއްޓުން. 6- ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ހިންގާ ވޯރކްޝޮޕާއި ސެމިނާރުތައް އިންތިޒާމުކޮށް ބެލެހެއްޓުން. |
||
ހުށަހަޅަންޖެހޭ ތަކެތި |
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ ) |
||
ސުންގަޑި |
2015 ޖަނަވަރީ 5 ވާ ހޯމަ ދުވަހުގެ 15.00 ގެކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު
|
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ވަޒީފާއަށް އެދޭ ފޯމް، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. |