މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މިސްކިތްތަކުގައި މަސައްކަތްކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

                 (IUL)321-A/321/2023/47 :ނަންބަރު                    

          އިޢުލާން

 

މިރަށު މިސްކިތްތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދާއިމީ މުވައްޒަފުން ސަލާމް ނުވަތަ ޗުއްޓީ ނެންގެވުމުން ނުވަތަ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އިދާރާގެ ނަންބަރު (IUL)321-A/321/2022/239 (15 ޑިސެންބަރު 2022) އިޢުލާނާ ގުޅިގެން ޕޫލްގައި ރަޖިސްޓްރީވެ ފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅުއްވަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. "މިސްކިތު ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފުރިހަމަކޮށްފައިވާ "މިސްކިތު ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" 2023 ޑިސެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށް މި އިދާރާއިން ބަލައިގަންނަމުންދާނެ ވާހަކަ ދަންނަވަމެވެ.

  • ބޭނުންވާ މަޤާމްތައް:    އިމާމް / މުދިމް  (ފިރިހެން)

              އިމާމް / މުދިމް  (އަންހެން)

              މަސައްކަތު

  • މުއްދަތު:  އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 31 ޑިސެމްބަރ 2023 ށް

 

  • މަސައްކަތްކުރައްވަންޖެހޭ މިސްކިތް: މިރަށުގެ މިސްކިތްތަކުގެ ތެރެއިން މިއިދާރާއިން ކަނޑައަޅާ މިސްކިތެއްގައި

 

މަޤާމްގެ ޝަރުޠާއި މުސާރަ:

#

މަޤާމް

ވަޒީފާގެ ޝަރުޠު

އުޖޫރަ ދެވޭ ގޮތް

1

އިމާމް

މުދިމްކަމުގެ ސަނަދެއް ލިބިފައިވުން ނުވަތަ ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ ދީނީދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 03 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

61.00 (ފަސްދޮޅަސް އެއް ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

 

2

މުދިމް

ޤުރްއާން ރީއްޗަށް ކިޔަވަންއެގުމާއި، ބަންގި ގޮވުމާއި، ނަމާދުކުރަން އެނގޭ ފަރާތަކަށްވުން

53.00 (ފަންސާސް ތިން ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

3

މަސައްކަތު

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން.

45.00 (ސާޅިސް ފަސް ރުފިޔާ) މަސައްކަތްކުރައްވާ ކޮންމެ ގަޑިއިރަކަށް

 

                    ވީމާ، މި މަޤާމުތަކަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިސްކިތު ޕޫލްގައި ރަޖިސްޓްރީވުމަށް އެދި އައި.ޑީކާޑުގެ ކޮޕީއާއި ލިބިފައިވާ ސަނަދުތަކުގެ ކޮޕީއާއިއެކު، މިސްކިތު ޕޫލްގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް  ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިސްކިތު ޕޫލްގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމްމި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު  6600006ށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] ށެވެ.

                               06   ޝަޢުބާން     1444  

26 ފެބުރުވަރީ 2023
ހޯދާ