މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ: 3565.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2015 ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ޒޯންސްޓޭޑިއަމް 1 / ހދ. ކުޅުދުއްފުށި

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ސްޓޭޑިއަމްގެ އިދާރީ އެންމެހާ ކަންތައްތައް ކުރުން.

- ސްޓޭޑިއަމް އިން ހިންގާ ހުރިހާ ޕްރޮގުރާމުތަކެއް ރާވައި ހިންގައި އަދި އެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

- ސްޓޭޑިއަމްގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމުގެ ނަން: މަސައްކަތު(ވަގުތީ)

މުސާރަ: 3100.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ޒޯން ސްޓޭޑިއަމް 1 / ހދ. ކުޅުދުއްފުށި

މުއްދަތު: 31 ޑިސެންބަރު 2015 ގެ ނިޔަލަށް

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ކޮންމެ ދުވަހަކު ޢިމާރާތުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން.

ނޯޓް:

- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި މަސައްކަތު މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

- ކޮންޓްރެކްޓުގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު 01 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 05 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް އަދި ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން އަދި ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

30  ޞަފަރު  1436

22 ޑިސެންބަރު 2014
ހޯދާ