މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާން މަހު. ތަރާވީޚް ނަމާދު ކުރުމަށް ގެނެވޭ ޙާފިޒުގެ ކެއުމާއި ހުރުމުގެ އިންތިޡާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން.
މިއަހަރުގެ ރަމަޟާން މަހު މިރަށު މަސްޖިދުލް ފަލާޙުގައި ޙިފްޒުކޮށް ތަރާވީޚް ނަމާދުކުރުމަށް ގެނެވޭ ޙާފިޒުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
ވީމާ، ޙާފިޡުގެ ހުރުމާއި ކެއުމުގެ އިންތިޡާމުތައް ހަމަޖައްސައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 08 މާރިޗު 2023 ވާ ބުދަ ދުވަހުގެ 11:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރުމަށް އެކުލަވާލެވިފައިވާ މަޢުލޫމާތު ކަރުދާހާއި، އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި މިއިޢުލާނާއި ގުޅިގެން، މި މަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)364-B/364/2023/10 އިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
25 ފެބުރުވަރީ 2023
ހޯދާ