ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ސިނާޢީ ކުދި ކުދި މަސައްކަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ސިނާޢީ ކުދި ކުދި މަސައްކަތްތަކަށް ބިން ކުއްޔަށްދިނުން

                    މިއީ ގދ.ގައްދޫ ފިނިއައްސޭރި ގެއާއި އިންވެގެން ހުޅަނގަށްވާ ގޮތަށް ގޯތިން ބޭރުގައި އޮތް ހުސްބިން 1145.3 (އެއްހާސް އެއްސަތޭކަ ސާޅީސް ފަހެއް)  އަކަފޫޓްގެ ބިން ސިނާޢީ ކުދި ކުދި މަސައްކަތްތަކަށް ކުރުމަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ކުރެވުނު އިޢުލާނާއި ގުޅިގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ހުޅުވާލަމެވެ.

                   ވީމާ، މިބިމުގައި އެހެނިހެން ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 16 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

    23 ފެބްރުވަރީ 2023                                                   

23 ފެބުރުވަރީ 2023
ހޯދާ