ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ރޫމް މަރާމާތުކުރުން

މި ސްކޫލްގެ ސެކިއުރިޓީ ރޫމްގެ  ބައެއް މަރާމާތުކުރަން ޖެހިފައިވާތީ އެކަން ކޮށްދިނުމަށް ކުރެވުނު GS135/IUL//2023/3 އިއުލާނަށް  ޝައުޤުވެރިކަން ފާޅުކޮށްފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ  ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  ތިރީގައި މިވާ ތާރީޚްތަކުގައި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

 

މައުލޫމާތު ދިނުމުގެ ސެޝަން

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން

2023 މާރިޗް 5 ވާ އާދީއްތަ ދުވަހުގެ 11:00

2023 މާރިޗް 7 ވާ އަންގާރަ ދުވަހުގެ 11:00

  

 

        މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް  އަންދާސީ ހިސާބު ހުށައަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6600020 ފޯނަށް ގުޅުއްވުން އެދެމެވެ.

         ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

23 ފެބުރުވަރީ 2023
ހޯދާ