އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެއަރކޯން ސިސްޓަމްގެ އައުޓްޑޯ ޔުނިޓްގެ ވީ.އާރު.ވީ 2 އިން ވީ.އާރު.ވީ 3 އަށް ބަދަލުކުރުމާ ބެހޭ

މިއޮފީހުގެ އޭ ބްލޮކް އެއަރކޯން ސިސްޓަމްގެ އައުޓްޑޯ ޔުނިޓްގެ ވީ.އާރު.ވީ 2 އިން ވީ.އާރު.ވީ 3 އަށް ބަދަލުކުރުމާބެހޭ:

މި އޮފީހުގެ ނަންބަރު IUL)32-A/1/2014/89)ފ(11 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން މިއޮފީހުގައި މިއޮފީހުގެ އޭ ބްލޮކް އެއަރކޯން ސިސްޓަމްގެ އައުޓްޑޯ ޔުނިޓްގެ ވީ.އާރު.ވީ 2 އިން ވީ.އާރު.ވީ 3 އަށް ބަދަލުކުރުމަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 28 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް 30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

‏‏02 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014
ހޯދާ