މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫއިން ދަނޑުވެރިކަމަށް ބިން ދޫކުރުމާއިގުޅޭ

ކެނދިކުޅުދޫއިން ދަނޑުބިން ދޫކުރުމަށްޓަކައި މިކައުންސިލުން 23 ޑިސެންބަރު 2022 ގައި ކޮށްފައިވާ ނަންބަރު (IUL)286-CB/286/2022/92 އިޢުލާނާއި ގުޅިގެން، އަދިވެސް އިތުރު ފަރާތްތަކަށް ދަނޑުބިމަށް އެދުމުގެ ފުރުޞަތު އޮތުމުން މިފުރުޞަތު އަލުން ހުޅުވާލަމެވެ. ނ. ކެނދިކުޅުދޫ ދެއަވަށުން ދަނޑުވެރިކަމަށް ޚާއްޞަކޮށް 2 އަހަރު ދުވަހުގެ މުއްދަތަށް ވަޤުތީ ބިން ދޫކުރުމަށް ހުޅުވާލަމެވެ. އެގޮތުން ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި، އަދަދު އަދި ބޮޑުމިން ތިރީގައި ހިމަނާލަމެވެ.

ކެނދިކޮޅު އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް

ސަރަހައްދު: ކެނދިކޮޅު އަވަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫ ކުނިކޮށީގެ ހުޅަނގުން މިހާރު ދޫކޮށްފައިވާ ގެވަޅުތަކާއި ދެމެދުން

ބިމުގެ އަދަދު އަދި ސައިޒް: 60 ފޫޓު ދިގު 47 ފޫޓު 6 އިންޗި ފުޅާ (ޖުމްލަ 2850 އަކަފޫޓު) ގެ 8 ބިން

ކުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް

ސަރަހައްދު: ކުޅުދޫ އަވަށު ނާސިޔާމަގުގެ ހުޅަނގުން އަވަށު ދަށްމަގު (40 ފޫޓު) ގެ ހުޅަނގުން

ބިމުގެ އަދަދު އަދި ސައިޒް: 75 ފޫޓު ދިގު 66 ފޫޓު 7 އިންޗި ފުޅާ (ޖުމްލަ 5000 އަކަފޫޓު) ގެ 2 ބިން

ބިމުގެ އަދަދު އަދި ސައިޒް: 75 ފޫޓު ދިގު 50 ފޫޓު 5 އިންޗި ފުޅާ (ޖުމްލަ 3780 އަކަފޫޓު) ގެ 1 ބިން

ދެއަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ މިބިންތައް ދޫކުރުމަށް ހަމަޖެހިފައިވާ އަގަކީ ފެށޭއަގުގެ ގޮތުގައި އަކަފޫޓަކަށް 5 ލާރީއެވެ. އެގޮތުން ބިމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަގެއް ހުށައަޅާ ފަރާތްތަކަށް ބިން ދޫކުރެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ސިޓީ ހުށައެޅުމަށް ދަންނަވަމެވެ. ސިޓީއާއެކު ބިންހޯދުމަށް އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށައެޅުމަށާއި، ބޭނުންވާ ބިން އޮތް އަވަށް ލިޔުއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއެކު ދެއަވަށުން ކުރުމުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އޮތް ސަރަހައްދު އަންގައިދޭ ޗާޓު އެއްކަރުދާސްކުރަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

23  ފެބުރުވަރީ   2023

23 ފެބުރުވަރީ 2023
ހޯދާ