ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)

ވަޒީފާގެ ދާއިރާ:

ވިލިނގިލި އަވަށު އިންޖީނުގެ

ބޭނުންވާ އަދަދު:

-/10,150 ރ. އާއި -/20,000ރ. އާ ދެމެދު.

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

01

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ފަސްޓް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ/ޑިޕްލޮމާ ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ވިލިނގިލީ އިންޖީނުގޭގެ ޑީސަލް އިންޖުތަކާއި، އޮގްޒިލިއަރީ އިކްއިޕްމަންޓްސް އަދި ޑިސްޓްރިބިއުޝަން ނެޓްވޯރކްގައި ހިމެނޭ އެންމެހާ ތަކެތި ހިންގައި ބެލެހެއްޓުމާއި، ސާރވިސް ކުރުން އަދި ރޫޓިން މެއިންޓަނެންސް މަސައްކަތްތައް ރާވައި ހިންގުން
  • އިންޖީނުގެއަށް ބޭނުންވާ ސްޕެއާރ ޕާރޓްސް އަދި އިކްއިޕްމަންޓްސް ފަދަ ތަކެތި ހޯދުން
  • ކަރަންޓް ދިނުމަށް ބޭނުންކުރާ ޕެނަލް ޑިޒައިން ކުރުމާއި ޓެސްޓް ކުރުން

މަޤާމު:

ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ވިލިނގިލި އަވަށު އިންޖީނުގެ

ބޭނުންވާ ޢަދަދު:

1

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/6,300 ރ. އާއި -/12,000 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓުފިކެޓު ހާސިލުކޮށްފައި ވުމާއެކު، ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނުވަތަ ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައި ވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކަރަންޓުގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީ ކުރުމާއި އިންޖީނުތައް ހިންގާ އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓުތަކުގެ މަރާމާތު މަސައްކަތްކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން.

މަޤާމު:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ވިލިނގިލި އަވަށު އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/5,740 ރ. އާއި -/12,000 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓުފިކެޓު ހާސިލުކޮށްފައި ވުމާއެކު، ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކަރަންޓުގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީ ކުރުމާއި އިންޖީނުތައް ހިންގައި އިންޖީނުތަކާއި އެހެނިހެން އިކުއިޕްމަންޓްތަކުގެ މަރާމާތު މަސައްކަތްކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން.

މަޤާމު:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ކ.ތިލަފުށި އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740 ރ. އާއި -/12,000 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓުފިކެޓު ހާސިލުކޮށްފައި ވުމާއެކު، ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކަރަންޓުގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީ ކުރުމާއި އިންޖީނުތައް ހިންގައި އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓުތަކުގެ މަރާމާތު މަސައްކަތްކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

25 ޑިސެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް ވަޒީފާއަށް ހޮވޭ ފަރާތުގެ ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި މަޤާމުތަކަަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީ ކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 25 ޑިސެންބަރު 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާއެވެ.

30 ޞަފަރު 1436 

22 ޑިސެންބަރު 2014
ހޯދާ