މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢުލާން

އަގު ކޮމެޓީ ގެ މެމްބަރުންގެ ދަފްތަރު

ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން މިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އަގު ކޮމެޓީގެ މެމްބަރުގެ ދަފްތަރެއް އެކުލަވާލަން ބޭނުން ވެއެވެ.

 

މަޤާމް:

  އަގުކޮމެޓީގެ މެންބަރު (3 އަހަރު ދުވަހުގެ މުއްދަތަށް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

  ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓް

ތަޢުލީމާއި ތަޖުރިބާ:

  1. ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

 ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  1. މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް (މި ފޯމް، ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. މަސައްކަތު ތަޖުރިބާގެ ލިޔުން.
  5. މެންބަރު ކަމަށް އެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

 މެންބަރުކަމަށް އެދޭ ފަރާތްތަކުން 02 މާރޗް 2023  ވަނަ ދުވަހުގެ 13:00 ގެ ކުރިން އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6608313 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 ފެބުރުވަރީ 2023
ހޯދާ