ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ހިންގުމަށް ބިންދޫކުރުމާއި ގުޅޭ

މަގުމަތީ ގަޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމަށް ފީ ނެގުމަށް މި ކައުންސިލުން އެކުލަވާލާފައިވާ އުސޫލުގެދަށުން ގާޑިޔާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިންދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 މާރިޗު 5 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. ގާޑިޔާ ހިނގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އާއްމުފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް ވަނީ ހުޅުވާލެވިފައެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6520042 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.   

23 ފެބުރުވަރީ 2023
ހޯދާ