ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
ހުޅުމާލެ ޕަވަރހައުސް
|
މަޤާމް:
|
- އެސިސްޓެންޓް ޓެކްނީޝަން
- ޓެކްނީޝަން
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
1. ޓެކްނީޝަން
-/8,000ރ އާއި -/16,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
2. އެސިސްޓެންޓް ޓެކްނީޝަން
-/8,000ރ އާއި -/14,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
1. ޓެކްނީޝަން
ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް (ލެވެލް 4) ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
2. އެސިސްޓެންޓް ޓެކްނީޝަން
ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް (ލެވެލް 4) ޙާޞިލްކޮށްފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޑީސަލް އިންޖީނުތަކާއި ފެންޕުލާންޓާއި އަދި އެއާއި ގުޅޭ އެހެނިހެން ތަކެތި އޮޕަރޭޓުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން.
- އިންޖީނުގޭގެ އެންމެހާ އިމާރާތްތަކާއި ތަންތަން މަރާމާތުކުރުމާއި އެތަންތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ސާފުތާހިރުކޮށް ބެލެހެއްޓުން.
- އިންޖީންރޫމްގައި ހަމަޖެހިފައިވާ އުސޫލެއްގެމަތިން ޑިއުޓީކޮށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ޑިއުޓީގައި ކުރަންޖެހޭ މަސައްކަތް ފަރުވާތެރިކަމާއެކު ޝިފްޓް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރުން.
- މަސައްކަތައް ބޭނުންކުރާ ތަފާތު އާލާތްތައް މީހުންނަށާއި ތަކެއްޗަށާއި ތަނަށް ގެއްލުން ނުވާނެހެން ރައްކާތެރިކަމާއެކު ބޭނުންކުރުމާއި މަސައްކަތް ނިމުމުން އެ ތަކެތި ސާފުކޮށް ބަހައްޓަން ހަމަޖެހިފައިވާ ތަނެއްގައި ބެހެއްޓުން.
- މަސައްކަތް ކުރާއިރު ބޭނުންކުރުމަށް ޙާއްސަކޮށްދެވިފައިވާ ޔުނީފޯރމް، ބޮއިލަރ ސޫޓާއި، މާސްކް، އައިނު، ކަންފަތުގަ އަޅާއެތި، ސޭފްޓީ ބޫޓު އަދި އަންގި ފަދަ ތަކެތި ބޭނުންކުރަންޖެހޭ ވަގުތާއި ހާލަތުގައި އެތަކެތި ބޭނުންކުރުމާއި ރަގަޅަށް ބެލެހެއްޓުން.
- މަސައްކަތް ނިމުމުން މަސައްކަތް ކުރި ސަރަޙައްދާއި ތަކެތި ސާފުކުރުން.
- ކަރަންޓް ކެނޑޭ ހާލަތްތަކުގައި، އިންޖިނިއަރުންގެ އިރުޝާދު ދަށުން ކަރަންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- އިންޖީނުގެއިން ނުވަތަ ކުންފުނިން ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކުންނާއި ވަޒީފާގައި ކުރުމަށް ހަވާލު ކުރެވޭ މަސައްކަތްތަކުން އިންޖީނުގޭގެ މެއިންޓަނަންސް މަސައްކަތްތަކާއި އޮޕަރޭޝަން މަސައްކަތް ދަސްކުރުން.
- އިންޖީނުގެއަށް ބޭނުންވާ ޑީސަލް ސަޕްލައިކުރާ ފަރާތުން ގެންނަ ޑީސަލް، ޑީސަލް ރައްކާކުރާ ޓޭންކްތަކަށް ހުސްކުރުމާއި ރެކޯރޑްސް ފުރިހަމަކުރުން.
- މީގެ އިތުރުން ހަވާލުކުރެވޭ އިންޖީނުގޭގެ އެހެނިހެން މަސައްކަތްތަކާއި ޑިއުޓީތައް ކުރުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
01 މާރިޗު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 01 މާރިޗު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
03 ޝައުބާން 1444
23 ފެބުރުވަރީ 2023
|