ދިވެހިރާއްޖެ
މިރަށުގެ ރައްޔިތުންނަށް މިކައުންސިލުން ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ މަޝްރޫޢު ތަރައްޤީކޮށް ފުޅާކުރުމަށް ގެންދިޔުމުގައި ކުދިވެގެން ނަގާފައިހުރި 100 ކިލޯވޯޓްގެ ކަމިންސް 2 ޖަނަރޭޓަރ ވިއްކާލުމަށް މިކައުންސިލުން ހަމަޖައްސައިފީމެވެ.
ވީމާ، މިދެންނެވި 2 ޖަނަރޭޓަރ ނުވަތަ އޭގެތެރެއިން ޖަނަރޭޓަރެއް ގަންނަން ބޭނޫންވާ ފަރާތްތަކުން 25 ޖަނަވަރީ 2015 ދުވަހުގެ 13:30 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަދި މިފުރުޞަތު އިތުރަށް ފުޅާކުރުމުގެ ގޮތުން މިއިދާރާއަށް ފެކްސް ނުވަތަ އީމެއިލުގެ ޒަރީޢާއިންވެސް ހުށަހެޅޭގޮތަށް ހަމަޖެހިފައިވާ ކަމުގައިވެސް ދެންނެވީމެވެ. މަތީގައި ދެންނެވުނު ތާރީޚުގެ ފަހުން ސިޓީ، ފެކްސް، އަދި އީމެއިލް ވެސް ބަލައިނުގަންނާނޭ ކަމުގައި ދެންނެވީމެވެ. ސިޓީތައް ނުވަތަ ޕްރަޕޯޒަލްތައް ހުށަހަޅުއްވާއިރު، ގުޅޭނެ ފޯނުނަންބަރުތައް ހިމެނުއްވުމަށްވެސް ދަންނަވަމެވެ.
ޖަނަރޭޓަރު ބައްލަވަން ބޭނުންވާ ފަރާތްތަކުން މިރަށުގެ ރައްޔިތުންގެ އިންޖީނުގެއަށް ދުރުވުމުން ބައްލަވައިލެއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ. އަދި މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލުގެ ނަންބަރު: 6640074 ނަންބަރު ފޯނު، އަދި މިކަމާ ހަވާލުވެހުންނެވި ކައުންސިލަރގެ މޯބައިލް ނަންބަރު: 7993018 ، އާ ގުޅުއްވުމުން މަޢުލޫމާތު ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭނެ ވާހަކަ ދެންނެވީމެވެ. މި އިދާރާގެ އީމެއިލް އެޑްރެސްތައް ތިރީގައި މިވަނީއެވެ.
[email protected] ,[email protected]
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޞަފަރު 1436