މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން ފަސްކުރުމާގުޅޭ
ފެބްރުއަރީ މަހު ރައްޔިތުންނާއި ބައްދަލުކުރުމަށް 12 ފެބްރުއަރީ 2023 ގައި މި އިދާރާއިން ކުރި އިޢުލާން (IUL)298/298/2023/15 އާއި ހަވާލާދީ ދަންނަވަމެވެ.
2023 ފެބްރުއަރީ 23 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން، ދެންނެވި ތާރީޚްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ދަރުސް ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ 2023 ފެބްރުއަރީ 27 ވާ ހޯމަ ދުވަހުގެ ރޭ 20:45 އަށް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ބައްދަލުވުން އޮންނާނީ އަލިފުށީ ޕްރީސްކޫލްގައެވެ.
ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ.
02 ޝަޢުބާން 1444
22 ފެބުރުވަރީ 2023
ހޯދާ