ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ބަނދަރުން 2 ބިން ތެލުގެ ވިޔާފާރި ކުރުމަށް ކުއްޔަށް ދޫކުރުން

މި އިޢުލާންވަނީ 27 މާރިޗު 2023 12:22 ގައި ބާތިލް ކުރެވިފައެވެ.


ހއ ދިއްދޫ ބަނދަރު ސަރަހައްދުން 2 ބިމެއް  15 އަހަރު ދުވަހުގެ މުއްދަތަށް ތެލުގެ ވިޔަފާރި ކުރުމަށް، ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.

 

  1.   ކުއްޔަށް ދޫކުރެވޭ ހުސް ބިންތަކުގެ ތަފްޞީލު

 

ބިމުގެ ނަން

ޖުމްލަ އަކަފޫޓް

ބިމުގެ ނަން

ޖުމްލަ އަކަފޫޓް

ވައިލެޓް 15

1400

ވައިލެޓް 16

1400

  

2.       ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 (ހ)   މި ބިންތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  ހއ ދިއްދޫ ބަނދަރުގައި ހުރި ހުސް ބިންތައް ކުއްޔަށް ދޫކުރުމުގެ މި ކައުންސިލުން އެކުލަވާލާފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާގޮތަށެވެ.

 (ށ)   މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިންތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރާފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 22 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުން ފެށިގެން 7 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 12:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ.

(ނ)  ޕްރޮޕޯސަލް ހުށަހަޅާނީ މި ކައުންސިލުން ޢާންމުކޮށްފައިވާ ޕްރޮޕޯސަލް ހުށަހަޅާނެގޮތުގެ ނަމޫނާ އާ އެއްގޮތަށް، އެ ނަމޫނާގައި ބަޔާންކޮށްފައިވާ މުހިއްމު ބައިތައް ހިމަނައިގެންނެވެ. އަދި މަޢުލޫމާތު ކަރުދާހުގެ ޖަދުވަލް 1 ގައި ހިމަނާފައިވާ ލިޔުންތައް ޕްރޮޕޯސަލްއާ އެކު ހުށަހަޅަންވާނެއެވެ.

(ބ)   ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވައިލެޓް 11 (ރަހަ ކެފޭއާ އިންވެގެން ހުރި އިމާރާތް) އެވެކިޔާ އިމާރާތުގައެވެ. އަދި ޕްރޮޕޯސަލްތައް ބަލައިގަންނާނީ ޕްރޮޕޯސަލް ހުށަހަޅާފަރާތްތައް ނުވަތަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ބިންތައް ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ކަރުދާހާއި، އެ ބިންތައް އޮންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

22 ފެބުރުވަރީ 2023
ހޯދާ