މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްޖިދުލް އައްވާބި މަރާމާތުކުރުން
މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުލް އައްވާބީގެ މަރާމާތު މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ކުރަންޖެހޭ މަސައްކަތްތައް
- މިސްކިތުގައި ކުލަލުން (ކައުންސިލުން ކުލަ ދިނުމުން)
- މިސްކިތު ފެންޑާ ފާރުގައި ބިތު މުށި ޖެހުން ( ކައުންސިލުން ތަކެތި ދިނުމުން)
- މިސްކިތުގެ 2 ފެންވަޅުގެ މަތި ހެދުން
- މިސްކިތު ގޯތި ތެރެއަށް އަކިރި ވެލިލުން
ތަފްޞީލް |
ތަން |
ތާރީޚް |
ގަޑި |
މަޢުލޫމާތު ދިނުން |
ވޭވަށު ކައުންސިލްގެ ޖަލްސާކުރާ މާލާމް |
26-02-2023 |
11:00 |
ބިޑު ހުޅުވުން |
ވޭވަށު ކައުންސިލްގެ ޖަލްސާކުރާ މާލާމް |
05-03-2023 |
11:00 |
ނޯޓް: މި އިޢުލާންގައި މުއްދަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ދިމާވެއްޖެނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހަށް މުއްދަތު އިތުރު ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު
- ފޯން: 6720035
- އީމެއިލް: [email protected]
- ވެބްސައިޓް: www.veyvah.gov.mv
- މި ޕްރޮޖެކްޓާއި ގުޅޭ ލިޔުންތައް ކައުންސިލްގެ ވެބްސައިޓުން 26 ފެބުރުއަރީ 2023ގެ ފަހުން ލިބެން ހުންނާނެއެވެ.
22 ފެބުރުވަރީ 2023
ހޯދާ