ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭނާއި ޓޮޕޮގްރަފިކް ސާރވޭ ހެދުން

 

ވ. ކެޔޮދޫގެ ބިމާއި އިޙުތިޞާސްގައި ހިމެނޭ ވ. ކެޔޮދޫ ފަޅު ހިމެނޭ ގޮތަށް ، ކުރިޔަށް އޮތް 20 އަހަރު ދުވަހަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ޓޮޕޮގްރަފިކް ސާރވޭ އާއި ކަމާއި ގުޅޭ ގޮތުން ހަދަންޖެހޭ އެންމެހާ ލިޔެކިޔުންތައް ، ރިޕޯޓްތައް އަދި ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

 

 

 

ތާރީޚް

ގަޑި

ތަން

 ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން (ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން)

28 ފެބުރުވަރީ 2023 (އަންގާރަ) ގެ ނިޔަލަށް

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00

 ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

(އިޢުލާންގައިވާ މެއިލް މެދުވެރިކޮށް އޮންލައިކޮށްވެސް ރަޖިސްޓަރ ކުރެވިދާނެ

[email protected]

ބީލަން ހުށަހެޅުން

9 މާރިޗު 2023

(ބުރާސްފަތި)

13:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

ބީލަން ހުޅުވުން

9 މާރިޗު 2023

(ބުރާސްފަތި)

13:05

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

 

 

 

 

 

 

 

ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

 

 

 

ބީލަން ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚު އެއްވެސް ސަބަބަކާއި ހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. ބީލަންތައް ކެނޑުން އޮންނާނީ އެ ދުވަހުގެ 13:05 ގައެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ބީލަންތައް އަދި އޮންލައިންކޮށް ސޯޝަލް މީޑިޔާގެ އެކި މަންސަތަށް ބޭނުންކޮށްގެން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

 

 

 

ނޯޓް: ބީލަން ހުޅުވާލެވިފައިވަނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރިރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީން ސާރވޭ ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 

 

އިތުރު މަޢުލޫމާތު: 

 

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

 

ފޯން: 6700601 / 9704981 (އަޙްމަދު ސިރާޖް، ކައުންސިލްގެ ރައީސް)

 

އީމެއިލް: [email protected] 

 

22 ފެބުރުވަރީ 2023
ހޯދާ