ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލްގެ ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިއިދާރާގެ ނަންބަރު:(IUL)305-ME305/305/2023/10 (05 ފެބުރުއަރީ 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިއުލާނު ބާތިލްކޮށް އަލުން އިއުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް [email protected] ށް ފޮނުއްވައިގެން ނުވަތަ މިއިދާރައަށް ދުރުވެ ފޯމު ހުށަހަޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުއްވޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްރިކޮށްފައިވާ ފަރާތްތަކަށެވެ. މި ބީލަމާއި ގުޅިގެން ދޫކުރެވޭ މައުލޫމާތުތަށް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރި ކުރުން:
28 ފެބުރުއަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް
ބީލަން ބަލައިގަތުން:
08 މާރޗް 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް
ބީލަންތައް ހުޅުވުން:
08 މާރޗް 2023 ވަނަ ދުވަހުގެ 13:00 ގައި މާކުރަތު ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައި
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
02 ޝައްވާލް 1444