ދިވެހިރާއްޖެ
ފެލިދޫ ކުނިކޮށި ބެލެހެއްޓުމާއި، ޢިޖްތިމާޢީ ސަރަޙައްދުތަކާއި މީހުންނޫޅޭ ސަރަޙައްދުގެ މަގުތައްފަދަ ތަންތަން ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގައި މިއިޢުލާނާއި އެއްކަރުދާސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުއްވާ މިއިދާރާއަށް މެއިލްކުރެއްވުން އެދެމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ވ.ފެލިދޫ ކުނިކޮށި ބެލެހެއްޓުމާއި، އިޖްތިމާޢީ ސަރަޙައްދު ކުނިކެހުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބިޑް މަރުހަލާތައް |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުން |
28 ފެބްރުއަރީ 2023 |
އަންގާރަ |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
ބިޑް ހުށަހެޅުން |
02 މާރިޗް 2023 |
ބުރާސްފަތި |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
މާކްސް ދެވޭނެގޮތް:
- މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ 100 ޕަސެންޓެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.