ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ސޮފްޓްވެއަރ ޑިވެލޮޕަރ
މި ކޯޕަރޭޝަނުން ސޮފްޓްވެއާރ ޑިވެލޮޕާރގެ، މަޤާމަށް ކުރި އިއުލާން އަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާ މުއްދަތު އިތުރުކޮށް މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.
މަޤާމު |
ސޮފްޓްވެއަރ ޑިވެލޮޕަރ |
ބޭނުންވާ އަދަދު |
02 |
ކުރިމަތިލުމުގެ ސުންގަޑި |
28 ފެބްރުއަރީ 2023 އަންގާރަ ދުވަހުގެ 16:00 |
ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.
https://forms.gle/TbreH4g6v3Zvu4dP9
ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- މުއްދަތު ހަމަނުވާ އައިޑީ ކާރޑް ކޮޕީ
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ