ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ހަތާލެބް ހިންގައިދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިސްކޫލްގައި ގާއިމްކުރެވިފައިވާ "ހަތާ ލެބް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  • މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  ބޭނުންވާ ފަރާތްތަކަށް05 މާރޗް 2023 ގެ 22.00  ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/5000ރ (ފަސްހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  • ރެޖިސްޓްރޭޝަން ފޯރމް ލިންކް:
  • ·        https://docs.google.com/forms/d/e/1FAIpQLSc_bHkXmDPqTSBpfpXM_ph-9yovNtLedovog4CAAIyS0YVSXw/viewform?vc=0&c=0&w=1&flr=0
    • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 މާރޗް 2023 ގެ 22:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
    • ބިޑް ހުޅުވުން އޮންނާނީ 07 މާރޗް 2023 ވަނަ ދުވަހުގެ 11.00 ގައި ޢިމާދުއްދީން ސްކޫލް (ރެހެންދި ހިނގުން/ގަލޮޅު) ގައެވެ.
    • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު މިއިއުލާނާއިއެކު އެޓޭޗްކުރެވިފައިވާ ބީލަން ފޮތުންނާއި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ޢިމާދުއްދީން ސްކޫލް

      ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

      ފޯން: , 33157633315759

      އީމެއިލް: [email protected]  

21 ފެބުރުވަރީ 2023
ހޯދާ