މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ށ. ކަނބާލިފަރުގެ އެންމެހާ ޙައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި މިމިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ށ. ކަނބާލިފަރުގެ ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާނަމަ، މިއިޢުލާން ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލުން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected] އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.

12 ޞަފަރު 1436    

04 ޑިސެންބަރު 2014
ހޯދާ