އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
މާލެއިން 20 ކޮޓަރި ކުއްޔަށް ހިފުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނޯޓް: މިމަދަރުސާއިން 2023 ޖަނަވަރީ 18 ވަނަ ދުވަހުކޮށްފައިވާ ޢިއުލާން (IUL)MAI-109/MAI/2023/10 ބާޠިލްކޮށްފައިވަނީ ބީލަމަށް ޝަރުތު ފުރިހަމަވާ ފަރާތެއް ކުރިމަތިލާފައިނުވާތީއެވެ.

1. މި މަދަރުސާގެ އަޒްހަރު މުދައްރިސުންނަށް މާލެއިން 20 ކޮޓަރި 10 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ފެބްރުވަރީ 21 އިން 2023 ފެބްރުވަރީ 27 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 17:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. 

3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ފެބްރުވަރީ 28 ވަނަ ދުވަހުގެ 18:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 މާރިޗު 01 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ކުރީގެ ވަގުތީ ފޮރިން މިނިސްޓްރީ) 1 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

[email protected]

ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3016642

21 ފެބުރުވަރީ 2023
ހޯދާ