މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމް ހިންގާނެ ފަރާތެއްހޯދުން

ނަންބަރު: IUL)142-E1/1/2014/88އިޢުލާނާ ގުޅިގެން އައްޑޫ ސިޓީ، ހުޅުދޫއާއި ހުޅުމީދޫގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް 1 އަހަރުދުވަހުގެ މުއްދަތަށް ހިންގައިދިނުމަށް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވީ ދެފަރާތަކުން ކަމަށްވާތީ، އަލުން އިޢުލާން ކުރަމެވެ.

އައްޑޫ ސިޓީ، ހުޅުދޫއާއި ހުޅުމީދޫގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް 1 އަހަރުދުވަހުގެ މުއްދަތަށް ހިންގައިދޭނެ ފަރާތެއް އައްޑޫ ސިޓީން ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 24 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް  ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަމަވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3315166 ފޯނުގެ 219 އަށެވެ.

18 ޑިސެންބަރު 2014

22 ޑިސެންބަރު 2014
ހޯދާ