މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ، ޕްރޮޖެކްޓް މެނޭޖްމަންޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓަންޓް ޑިރެކްޓަރ، ޕްރޮޖެކްޓް މެނޭޖްމަންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3 ( މެނެޖީރިއަލް ސަރވިސް 3 )

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

 އިނާޔަތްތައް

މުސާރަ: -/7,035 ރުފިޔާ

-/2,000 ރުފިޔާ

މުސާރައިގެ %35

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. )

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

 1. ތިމާވެއްޓާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
 2. ތިމާވެއްޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
 3. ތިމާވެއްޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
 4. ތިމާވެއްޓާ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 1. ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ފެނާއި ނަރުދަމާ ނިޒާމުގެ ޕްލޭންތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަނޑައެޅިފައިވާ ގޮތުގެ މަތިން ކުރުން. އަދި އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިފިނަމަ ސެކްޝަނާ ހަވާލުވެ މަސައްކަތް ކުރުން.
 2. ސަރުކާރުގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލު ކުރެވޭނޭ ގޮތަށް ފެނާއި ނަރުދަމާ ނިޒާމާ ގުޅުންހުރި އެންމެހާ ޕޮލިސީތައް އެކުލަވާލުމުގައި ބޭނުންވާ އެހީތެރިކަންދީ އަމަލީ ގޮތުން އެކަންކަމުގައި ބައިވެރިވުން. އަދި މި ކަމާބެހޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުވައި ޕޮލިސީތައް އެކުލަވާލުން.
 3. ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ތަރައްޤީ ކުރުމަށް ބޭނުންވާ ބޭރުގެ ލޯނު އެހީ އާއި  އެހެނިހެން ޖަމާއަތްތަކުން ބޭނުންވާ އެހީތެތިކަން ހޯދުމަށް ބޭނުންވާ ޕްލޭންތަން އެކުލަވާލުން މިގޮތުން އެފަދަ އެހީތައް ލިބޭނެ މަގުތައް ތަނަވަސް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
 4. ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާ ޚިދުމަތް އެންމެ ބޮޑަށް ބޭނުންވެފައިވާ ރަށްތައް ކަނޑައެޅުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު އެއްކޮށް ކަމާބެހޭ ފަރާތްތައްކަށް ދުވަހުން ދުވަހަށް ފޯރުކޮށް ދިނުން.
 5. ރަށްރަށުގައި ޤާއިމުކުރެވޭ ފެނާއި ނަރުދަމާ އާއި ގުޅޭ ޤާނޫނުތަކާއި ސްޓޭންޑަރޑްސް އަދި ރެގިއުލޭޝަންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުން. އަދި ޤާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން.
 6. ފެނާއި ނަރުދަމާ ސެކްޓަރ އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރިއާއި ރައްޓެހި މާހައުލެއް ޤާއިމު ކުރުމަށްޓަކައި އެސެސްމަންޓެއް އެކުލަވާލައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން. އަދި ސެކްޓަރގައި މިކަން އެކަން ތަންފީޒު ކުރުމަށް ބޭނުންވާ ހުއްދަ ކަމާބެހޭ ފަރާތްތަކުން ހޯދުން.
 7. ރަށްރަށުގައި ޤާއިމުކުރެވޭ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމުގައި އިޔާދަ ކުރެނެވި ހަކަތަ ބޭނުން ކުރުމާ ގުޅޭ ސިޔާސަތެއް ޤާއިމުކުރުން. އަދި މިކަމާ ގުޅޭ އެންމެހައި މަޢުލޫމާތު ޑިޕާރޓްމަންޓުގެ އިސްވެރިޔާއަށް ދިނުން.
 8. މެންޑޭޓުގައި ކަނޑައެޅިފައިވާ ކަންތައްތައް ހާސިލު ކުރުމަށްޓަކައި ޑަބްލިޔު.އެޗް.އޯ ޔުނިސެފް ފަދަ ބޭރުގެ އެހީދޭ ޖަމާއަތްތަކާ ގުޅިގެން ސެކްޓަރ ޕްރޮގުރާމުތަކާއި އެކްޓިވިޓީތައް ފުރިހަމަ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސެކްޓަރ ވާރކް ޕްލޭންގައި ހިމަނައި އެ ފަރާތްތަކާއި ގުޅިގެން އެކަންކަން ރާވައި ކުރިއަށް ގެންދިޔުން.
 9. ރަށްރަށުގައި ކުރިއަށް ގެންދެވޭ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް މޮނިޓަރ ކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފުލައްވާ ގަވާއިދުން އެކަން ކުރުން. އަދި މުވައްޒަފަށް ބޭނުންވާ ލަފައާއި އިރުޝާދު ދުވަހުން ދުވަހަށް ދިނުން. މީގެ އިތުރުން މިކަމާ ގުޅޭ އެންމެހައި މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުން.
 10. ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ފެނާއި ނަރުދަމާއާ ބެހޭ ސެމިނަރ އަދި ޖަލްސާފަދަ ކަންކަމުގައި ބައިވެރިވެ ތައްޔާރު ކުރަންޖެހޭ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.
 11. ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓު އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި ސެކްޝަންގެ މުވައްޒަފުންނާއި ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުން. މީގެ އިތުރުން ރަށްތަކުން ފޮނުވާ ޝަކުވާގެ ސިޓީތައް ބަލައި ޑިޕާރޓްމަންޓުގެ އިސްވެރިޔާގެ ލަފާގެ މަތިން މައްސަލަ ހައްލު ކުރުން.
 12. އެއް އަހަރުން އަނެއް އަހަރަށް ތައްޔާރު ކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ކުރުމަށް ހަވާލުވެފައިވާ މުވައްޒަފާއި ކަނޑައެޅިފައިވާ ދުވަހަށް ހަވާލު ކުރުން. އަދި ބަޖެޓާއި އަހަރީ ރިޕޯޓު ފައިނަލް ކުރުމުގައި ބޭނުންވާ ލަފައާއި އިރުޝާދު މަސައްކަތް ކުރައްވާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
 13. ދުވަހުން ދުވަހަށް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސުޕަވައިޒް ކުރެއްވުމާއި، ސުޕަވައިޒް ކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ގަވާއިދުން ބެއްލެވުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ ލީޑަރޝިޕް، ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި މުވައްޒަފުންނަށް، ބޭނުންވާވަސީލަތްތައް ހޯދައިދިނުމުގައި މަގުފަހި ކޮށްދިނުމާއި، ދިމާވާ ފަންނީ އަދި އެހެނިހެން މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެ ދިނުން. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން މުވައްޒަފުންނަށް އަންގާ މިކަމާ ގުޅޭ މަޢުލޫމާތު ޑިޕާރޓްމަންޓުގެ އިސްވެރިޔާއަށް ދުވަހުން ދުވަހަށް ދިނުން.
 14. ކަނޑައެޅިފައިވާ ގޮތުގެ މަތިން ޔުނިޓުގެ ސްޓާފް މީޓިންގ ބާއްވާ ކޮންމެ އަހަރަކަށް ސެންކްޓަރ އިން ތައްޔާރު ކުރެވޭ ވާރކްޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ހިނގާ ނުހިނގާގޮތް ގަވާއިދުން މޮނިޓަރކޮށް މަހަކު އެއް ފަހަރު ޑިޕާރޓްމަންޓުގެ އިސްވެރިޔާއަށް ރިޕޯޓް ހުށަހެޅުން. އަދި އިސްލާހު ކުރަންޖެހޭ ކަމެއް އޮތްނަމަ އިސްވެރިޔާގެ ލަފާގެ މަތިން އިސްލާޙީ ފިޔަވަޅު އެޅުން.
 15. މީގެއިތުރުން ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 1. ތިމާވެއްޓާއި ގުޅުންހުރި ދާއިރާގައި މަސައްކަތް ކޮށްފައިވާ މިންވަރު
 2. އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ލިބިފައިވާ ތަޖުރިބާ.
 3. ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
 4. ތިމާވެއްޓާ ގުޅުން ހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 5. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ   މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
 • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
 • ސުންގަޑި: 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
 • އިންޓަވިއު އާއި އިމްތިޙާނު ކުރުން 31 ޑިސެންބަރު 2014 އާއި 29 ޖަނަވަރީ 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

                        29  ޞަފަރު  1436   

21 ޑިސެންބަރު 2014
ހޯދާ