ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ރ. އުނގޫފާރު ގޮފީގައި 2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ކޯސްތައް ފެށުމާއިގުޅޭ

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ރ.އުނގޫފާރު ގޮފީގައި  2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

 

ޝަރުޠު: 

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  8 ހަފްތާ

ޖާގަ:    30 ޖާގަ

 ޤިރާއަތު ސެޓްފިކެޓް 2

 

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:     30 ޖާގަ

ޤިރާއަތު ސެޓްފިކެޓް 3

 

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:    30 ޖާގަ

 

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް

 

ޝަރުޠު: 

  1. ޤުރްއާނުގެ ދާއިރާއިން ސެޓްފިކެޓް 3 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
  3. ޚާފިޡުކަމުގެ ސަނަދު އޮތުމާއިއެކު މަރުކަޒުންދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:    30 ޖާގަ

 

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 21 ފެބުރުއަރީ 2023 ވާ ބުދަ ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ އުނގޫފާރު ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 ފެބުރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ރ.އުނގޫފާރު ގޮފިއަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

މި ކޯސްތަކުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

 

21 ފެބުރުވަރީ 2023
ހޯދާ