ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
|
މަޤާމު: |
މަސައްކަތު (ސަޕޯޓް ސްޓާފް ގްރޭޑް 2) |
|
ބޭނުންވާ ދާއިރާ/ޔުނިޓް |
އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ޅ. މާފިލާފުށި ޕޯސްޓް |
|
ޢާއްމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން |
ޅ. މާފިލާފުށި |
|
ބޭނުންވާ އަދަދު |
3 |
|
މުސާރަ: |
(މަހަކު) -/3470 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
(މަހަކު) -/1000 ރުފިޔާ |
|
އެހެނިހެން އެލަވަންސާއި އުޖޫރަ |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުޠު: |
އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
ސިފައިންގެ މަރުކަޒުތައް ހިމެނޭ ޞަރަހައްދު ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ގަސްތަކަށް ފެންދީ ހައްދާ ބެލެހެއްޓުމާއި އަދި ސިފައިންކުރާ މަސައްކަތްތަކުގައި އެހީތެރިވުން. |
|
އިތުރު މަޢުލޫމާތު: |
މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ޅ. އަތޮޅު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3322601 އެކްސްޓެންޝަން ނަންބަރު 3157 ފޯނާ ގުޅުއްވުންއެދެމެވެ. |
26 ޞަފަރު 1436
