މަޤާމުގެ ޝަރުޠު:
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ؛
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ހުރިހާ ކްލާސް ކޮޓަރިތައް ކުނިކަހައި، ފޮޅައި، ސާފުކޮށް، މޮޕުއަޅައި، މޭޒުތަކާއި ގޮނޑިތައް ތަރުތީބުކުރުން.
- ދަރިވަރުންގެ ފާޚާނާތަކާއި މުވައްޒަފުންގެ ފާޚާނާތައް ދޮވެ ސާފުތާހިރުކުރުމާއި، ފާޚާނާއެއްގައި މައްސަލައެއް ޖެހިފައިވާނަމަ ނުވަތަ އެއްޗެއް ހަލާކުވެފައި ހުރިނަމަ، އޮފީހުގެ މަރާމާތު ކަންތަކާބެހޭ މުވައްޒަފަށް އެކަން އެންގުން.
- ތަނުގެ ވެރިޔާގެ އޮފީހާއި، އެކަޑަމިކް މުވައްޒަފުންގެ އޮފީހާއި، އިދާރީ މުވައްޒަފުންގެ އޮފީހާއި، ސްޓާފް ރޫމް ކުނިކަހައި، ފޮޅައި ސާފުކުރުމާއި، މި ތިން ތާނގައިވާ މުވައްޒަފުންގެ މޭޒާއި، ގޮނޑިއާއި، އެހެނިހެން ތަކެތި، މުވައްޒަފުންގެ މަސައްކަތަށް ދަތިނުވާ ވަގުތުތަކުގައި ފޮޅައި ސާފުކުރުން.
- އިމާރާތާއި ގޯތިތެރެ ކުނިކަހައި ސާފުކުރުމާއި، މުށިޖަހާފައިވާ ތަޅުންތަކުގައި މޮޕްލުން.
- އެކިއެކި ބައްދަލުވުންތަކަށް ތައްޔާރުކުރަންޖެހޭ ސަޔާއި ރިފްރެޝްމަންޓް ތައްޔާރުކުރުން.
- އޮފީހުގެ ތަކެތި ޔުނިވަރސިޓީއަށް ގެންދިއުމާއި، ޔުނިވަރސިޓީގައި ހުންނަ މި މަރުކަޒަށް ގެންނަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ގެނައުން.
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ކުރިއެރުވުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވުން.
- ސަވައިވަލް ކޮމްޕްލެކްސްއާއި އެތަނުގައިވާ މެޝިނަރީއާއި އިކްވިޕްމަންޓް ސާފުކޮށް ބެލެހެއްޓުން.
- ވޯރކްޝޮޕް މެޝިނަރީއާއި، އިކްވިޕްމަންޓް ސާފުކޮށް ބެލެހެއްޓުން.
- 1، 2 ނަންބަރު ކްލާސްރޫމުގެ ފުރާޅު ސާފުކޮށް ބެލެހެއްޓުން.
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ލަނޑު ދަނޑި ހާސިލްކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ލަނޑުދަނޑި ހާސިލުކުރުމަށް އެއްބާރުލުމާއެކު، އެކަމަށް މަސައްކަތްކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2014 ޑިސެންބަރު 29 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
- މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލާފައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|