މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކަނޑާ އައްޓެއް ހަދާދޭނެ ފަރާތެއް ހޯދުން

އިޢްލާން

މަސްކަނޑާ އައްޓެއް ހަދާދޭނެ ފަރާތެއް ހޯދުން

                   މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ބަނދަރުގައި މަސްކަނޑާ އައްޓެއް ހަދާދޭން ޝަޢުޤުވެރިވެލައްވާ ދިވެހިންނަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

                  މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހަޅުއްވާ ރަޖިސްޓްރީވެލައްވަން ޖެހޭނެއެވެ.

  • 21 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 10:00 އިން
  • 27 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް

މަޢުލޫމާތު ދިނުން:

  • 01 މާރިޗު 2023 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމު

ބީލަން ހުށަހެޅުން:

  • ބީލަން ހުޅުވުން އޮންނާނީ 09 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

                  ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލް ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމަތު ފުރިހަމަނުވާ ބީލަންތަށް ބާޠިލުކުރެވޭނެއެވެ.

                  މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރީމެވެ.

20 ފެބުރުވަރީ 2023
ހޯދާ